ޔާމީނަށް ތާޢީދުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުުރުމަކީ މިސަރުކާރުން ހިންގާ ހަޑި ހުތުރު ޢަމަލެއް: އިދިކޮޅު

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ފަރާތްތައް ވަޒީފާތަކުން ވަކިކޮށް ބިރުދައްކާ އިންޒާރުދީ މިސަރުކާރުން ތަކުރާރުކޮށް ހިންގާފައިވާ ހަޑިހުތުރު ޢަމަލެއްކަމަށް އެކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ ޢަބްދުﷲ އެމްޕީއެލްގެ ވަޒީފާއިން ވަކިކޮށްފައިވާތީ އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ ޢަބްދުﷲވަނީ އިއްޔެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި، މިކަން އެކޯލިޝަނުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.

"މިޢަމަލަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި މިކޯލިޝަނަށް ތާއީދުކުރާ ފަރާތްތައް ވަޒީފާތަކުން ވަކިކޮށް ބިރުދައްކާ އިންޒާރުދީ މިސަރުކާރުން ތަކުރާރުކޮށް ހިންގާފައިވާ ހަޑިހުތުރު ޢަމަލެކެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އިދިކޮޅުގެ މިބަޔާނުގައި ބުނީ، މިސަރުކާރުން ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި ވަކި ސިޔާސީ ކުލައަކަށް ވަކި ފިކުރަކަށް ތާއީދު ކުރާ ފަރާތްތަކަށްވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ބުނަމުންކަމަށާއި، ނަމަވެސް ވެރިކަން ލިބުމާއެކުރާއްޖޭގެ އެކި ވުޒާރާތަކުގައާއި ކުންފުނި ތަކުގައި ތިބި މި ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކަށް ބިރުދައްކާ ވަޒީފާތަކުން ވަކިކުރަމުންދާކަން ވަރަށް ހިތާމައާއެކު ފާހަގަކުރާކަމަށެވެ. އަދި މި ކޯލިޝަނަށް ނިސްބަތް ނުވިކަމުގައި ވިޔަސް މިސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެން ޚިޔާލުފާޅުކުރާ އެތައް ބަޔަކު ވަޒީފާތަކުން ކަނޑަމުންދާކަމީވެސް މިކޯލިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށާއި، ސަރުކާރުގެ މި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އެތައް ޢާއިލާއެއް ބިކަވެ ނިކަމެތިވަމުންދާކަމަށްވެސް މިބަޔާނުގައިވެއެވެ.

އެހެންކަމުން މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުން ހުއްޓާލައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުންވަނީ ސަރުކާރަށް ގޮވާލާފައެވެ.

https://feshun.wonstasite.com/106376

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޒަރު

    ކަލޭމެން ކަންތައްކުރިގޮތް ހަނދާން ނެތުނީތަ. ގުދު** ބަލާބަލަ ފެންނާނެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ