މާލޭގެ ފިހާރައެއްގައި އިން ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހަވީރު 5:50 ހާއިރު ނިކަގަސްމަގުގައި ހުރި ފިހާރައަކަށް ވަދެ އެ ފިހާރައިގައި އިން ބިދޭސީއަކަށް ހަމަލާދީ ބޯފަޅާލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިހާދިސާގައި އަނިޔާ ލިބުނު ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
މާރާމާރީގެ މައްސަލަތަކަކީ މާލޭގައި ވަރަށް ގިނައިން ހުށައެޅޭ މައްސަލަތަކެކެވެ.



