ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައެއްގެ ތަޙްޤީޤަށް މީހަކު ހޯދަންފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ޕޮލިސް އިން ތަޙްޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙްޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަޙްޤީޤަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އއ. މަތިވެރި / ހަނދުވަރީގެ، ޢަބްދުﷲ ޖަމީލް (29އ)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A278484
ހާޒިރުކުރެވޭ ހައިސިއްޔަތު: 2020 ނޮވެމްބަރު 17 ވަނަ ދުވަހުގެ ވަގުތެއްގައި ތިން މީހަކު ބައިވެރިވެގެން އަސްލަށް ބަދަލުގެނެސް ހަދާފައިވާ ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ސިނގިރޭޓް ކާރޓޫންތަކެއް ގެންދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް / ތަހުގީގަށް ސުވާލުކުރުމަށް.
ޢަބްދުﷲ ޖަމީލް ހާޒިރުވުމަށް އަންގާފައިވަނީ ހުޅުމާލެ ޕޮލިސްއަށް 2020 ޑިސެމްބަރ 28 ވަނަ ދުވަހުގެ ހެނދުނު 14:00 އަށެވެ.
ފުލުހުން މިއަދު ވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންވެސް މީހަކު ހޯދަށް ފަށައިފައެވެ.




