މަކަރާއިހީލަތުން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މިމައްސަލައިގެ ތުހުމަތުގައި ހޯދަމުންދަނީ ސ.ހިތަދޫ، ރަސްއައިން، އުމުރުން 42 އަހަރުގެ އަޙްމަދު ޝަފީޤު އެވެ.
އަޙްމަދު ޝަފީޤާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.
އަދި ފުލުހުންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.



