ސަމާލުވޭ! މިހާރު އޮޅުވާލަނީ ޝަލަބީގެ ލައިވް ޤުރުއާންގެ ނަމުގައި!

ސަމާލުވޭ.....!!

މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުކަން ހޯދި ޝަލަބީ އިބްރާހިމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތެއް ފަށައިފިއެވެ. ޝަލަބީ ގުރުއާން ކިޔަވާ ވީޑިއޯއެއް ލައިވްކޮށް އެއަށް ކޮމެންޓް ކުރާ ފުރަތަމަ 500 މީހުންނަށް 5000 ޑޮލަރު ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ އާއި ޒާތީ މައުލޫމާތު ހޯދުމުގެ މަސައްކަތް ބަޔަކު ފަށާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ.

އަދި އެ ފައިސާ ހޯދުމަށް ކޭޝްކާޑުގެ މައުލޫމާތު ހޯދަން އެދެމުންދާ އިރު، މިއީ ކާޑުގެ މައުލޫމާތު ހޯދަން ހިންގާ ޖަރީމާއެކެވެ.

ފޭސްބުކުން އެ ވީޑިއޯ އަކީ ލައިވް ވީޑިއޯއެއްގެ ގޮތުގައި ފެނުނު ނަމަވެސް އެއީ ލައިވް ވީޑިއޯއެއް ނޫނެވެ. ނަމަވެސް  އެ ޕޭޖް ތަކުން ލައިވްކުރާ ވީޑިއޯއަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޤުރުއާން ޗެލެންޖުގައި ބައިވެރިވުމުގެ ގޮތުން ޝަލަބީ ގުރުއާން ކިޔަވާފައިވާ ވީޑިއޯއެކެވެ.

މިފޭކް ޕޭޖުން ހިންގާ ޖަރީމާގެ ޙަޤީޤަތް ބެލުމަށް ބައެއް މީޑިއާތަކުން ޕްރޮސެސްގައި ބައިވެރިވެފައިވާއިރު، އެމީޑިއާތަކުން ރިޕޯރޓްކޮށްފައިވާގޮތުން އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖުގައި ބުނަނީ 15 ގްރޫޕަކަށް އެ ވީޑިއޯ ޝެއަރ ކުރުމަށްފަހު “OK” މިހެން ލިޔެލުމަށެވެ. “OK” ލިޔެލުމުން ދެން އަންނަނީ ރަޖިސްޓްރީ ވާނެ ލިންކެކެވެ. އެ ލިންކުގައި ބުނަނީ މިއީ “ބެތު މޫރޭ ސްޕެޝަލް ކްރިސްމަސް” ގިވްއަވޭ ކަމަށެވެ. އެއަށްފަހު އެ އިނާމު ލިބުނުކަމަށް ބުނާ މީހުންގެ ފޭކު ކޮމެންޓްތައް ހިމަނާފައިވެއެވެ.

ދެން އެއަށްފަހު މެއިލް އާއި ޕާސްވޯޑެއް ޖަހަން އަރާއިރު، އެންމެ ފަހުން އަރަނީ ކާޑުގެ މައުލޫމާތު ހިއްސާ ކުރުމަށެވެ.

ޝަލަބީގެ ނަމުގައި ދައުރުކުރަމުން އަންނަ ލައިވް ވީޑިއޯތައް ޝަލަބީގެ ފަރާތުންވެސް ދޮގު ކުރާއިރު، ޝަލަބީގެ ފަރާތުން މިހާރު އަންނަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ