އިރުވަރު ބެލުމަކީ ފަލަކީ ހިސާބާ ބެހޭކަމެއް ނޫން: މައުމޫން

އިރުވަރު ބެލުމަކީ ފަލަކީ ހިސާބާ ބެހޭކަމެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފަލަކީ ހިސާބުގެ ކަންކަން ދިރާސާ ކުރައްވާ މައުމޫން މިހެން ވިދާޅުވެފައިވަނީ މީސްމީޑިއާ ޓުވިޓާގައި މީހަކު ކުރި ސުވާލަކާއި ގުޅިގެންނެވެ. މައުމޫނާއި ޓުވިޓާގައި ސުވާލުކޮށްފައިވަނީ، ފަލަކީ ހިސާބުން ފަރުމަސްވެރިކަމަށް އެންމެ ރަނގަޅުވާނީ ކޮންރެއެއްތޯއެވެ.

މިސުވާލަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ، އިރުވަރުބެލުމަކީ ފަލަކީހިސާބާބެހޭ ކަމެއްނޫން ކަމަށާއި ޙަޤީޤަތުގައި އިރުވަރުބެލުމަކީ ޞައްޙައަސްލެއް އޮތްކަމެއްވެސްނޫން ކަމަށެވެ.

ފަލަކީ ހިސާބަކީ، ދުނިޔެއާއި ދުނިޔޭގެ ޖައްވީ ފަޝަލައިން ބޭރުގައިވާ ޖުރުމުތައް ދިރާސާކުރުމާބެހޭ ޢިލްމެވެ. ފަލަކީ ޢިލްމުގެ ދާއިރާގައި، އިރާއި، ހަނދާއި، ގުރަހަތަކާއި، އިރަވީ ނިޒާމުގައި ދައުރާނަވަމުންދާ ޖިސްމުތައް ދިރާސާކުރުން ހިމެނެއެވެ. އަދި އިރުވަރު ބެލުމަކީ ދިވެހިން އިހުޒަމާނުގައި ވަކިކަމެއް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ބެލުމަށް ކޮށްއުޅުނު ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ