ކޮވިޑް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް މައުމޫން ގޮވާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައިފިއެވެ.

ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފައިވާއިރު، އެކަމަށް އިޝާރާތްކޮށް މައުމޫން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ބޮޑުތަނުން ކޮންޓްރޯލުވުމާއެކު، ކުރިން އަޅައިފައިވާ ހަރުކަށި ފިޔަވަޅުތައް ނިމުމަކަށް ގެނެސް ބޮޑެތި ލުއިތަކެއް އެޗްޕީއޭއިން ވަނީ ދީފައެވެ.

އޭގެތެރޭގައި ކޮވިޑްގެ ދެ ޑޯޒު ފުރިހަމަ ކުރާ ފަރާތްތަކަށް ކަރަންޓީނަކާ ނުލާ ދަތުރުފަތުރު ކުރުމަށް ދިން ލުޔާއި، ރާއްޖޭގެ ބޯޑަރު ހުޅުވާލާ ވެކްސިްނ ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނާއި ނުކުރާ ފަތުރުވެރިންނަށްވެސް ވަކި ޝަރުތުތަކަކާއެކު މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރުމުގެ ހައްދަ ވަނީ ދީފައެވެ.

މީގެ އިތުރުން، ކޮފީ/ރެސްޓޯރެންޓައް ހުޅުވާލާ، ވިޔަފާރިތައްވެސް ކުރިއެކޭ އެއްގޮތަށް އާންމު ހާލަތުގައި ހިދުމަތް ދެވޭގޮތަށް ވަނީ މަގުފަހިކޮށްދީފައެވެ. މީގެ އިތުރުން ދިރާސީ އާ އަހަރުގެ ކިޔެވުންވެސް ފެށީ ކުރިއެކޭ އެއްގޮތަށް އާންމު ހާލަތުގައި ކިޔަވައިދޭ ގޮތަށެވެ.

ދެވުނު މި ލުއިތަކާއެކު، ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށާފާވާއިރު، ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން އިއްޔެގެ ހަވީރު 6:00 އާއި ހަަމައަށް މުޅި ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދަކީ 95 މީހުންނެވެ.

ކޮވިޑް-19 އަށް އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ބުނެ ރައީސް މައުމޫން ކުރި ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ