ރައީސް މައުމޫން ޔޫއެންގެ 61 ވަނަ ޖެނެރަލް އެސެމްބްލީގައި ތަގުރީރްކުރައްވަނީ--- ފޮޓޯ: ޔޫއެން މަލްޓިމީޑިއާ

މާދަރީބަހަކީ ދިވެހިޤައުމިއްޔަތުގެ ބިންގާ: ރައީސް މައުމޫން

އަހަރެމެންގެ މާދަރީބަހަކީ ދިވެހިޤައުމިއްޔަތުގެ ބިންގާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދަކީ، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 21 ވަނަ ދުުވަހު ފާހަގަކުރާނީ ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހުއެވެ.

މި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވާ ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއްކަަމަށެވެ.

މި ދުވަހުގެ ތަހުނިޔާ ފޮނުވާ،  ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫންވެސް މިއަދު ވަނީ ޓްވީޓު ކުރައްވާފައެވެ.

އެގޮތުން ބަވަނަވަމުންދާ ދުނިޔޭގައި ގިނަ ބަސްބަސް އުނގެނުމުގެ މުހިންމުކަން އިތުރުވަމުން ދިޔަނަމަވެސް އަމިއްލަ މާދަރީ ބަހަށް ދޭ ސަމާލުކަން ކުޑަ ނުކުރައްވުމަށް މިނިސްޓަރ ޔުމްނާ އެދިފައިވެއެވެ.

މީގެ އިތުރުން، ޅަފަތުގައި ކުދީންނަށް އެ ކުދީންގެ އަމިއްލަ މާދަރީބަސް ރަނގަޅަށް ދަސްވުމުން އެހެން ބަސްބަސް ދަސްކުރަން ފަސޭހަވާކަން ދިރާސާތަކުން ދައްކާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ