ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް މަތިވެ، މިހާރު ކޮވިޑް-19 ގެ ބިރުވެރިކަމުގެ ރަނގަބީލުގެ އަޑުވަނީ ކުރިއަށް ވުރެ ގަދަވެފައި ކަމަށާއި، ވަގުތު ފާއިތުނުވަނީސް ކަމާ ބެހޭ އިދާރާތަކަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލައްވާ ކަމަށެވެ.
The current increase in Covid infections is quite alarming. I call on the authorities to adopt stricter measures before it is to late. @HPA_MV @MoHmv
— Maumoon Abdul Gayoom (@maumoonagayoom) April 2, 2021
ރައީސް މައުމޫން މިހެން ވިދާޅުވެފައި ވާއިރު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވެސް އިއްޔެ އުވާލައި ލުއިތަކެއް ދީފައެވެ.
ކޮވިޑް-19: މާލޭގެ ކާފިއު އުވާލައިފިhttps://t.co/R04XmAmt6C
— Feshun (@feshunonline) April 1, 2021



