ކާބުލްގައި ދިން ކާރުބޮމުގެ ހަމަލާއެއްގައި 4 ޑޮކްޓަރުން މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދުދިން ކާރުބޮމުގެ ހަމަލާއެއްގައި ހަތަރު ޑޮކްޓަރުން މަރުވެއްޖެއެވެ.

މައުލޫމާތުލިބޭގޮތުގައި މި ހަމަލާ ދީފައިވަނީ އެ ޑޮކްޓަރުން ދަތުރުކުރަމުންދިޔަ ކާރުގައި ބޮން ހަރުކޮށްގެންނެވެ. މި ހަމަލާގައި ހަތަރު ޑޮކްޓަރުންގެ އިތުރުން ކާރުދުއްވަން ހުރި ޑުރައިވަރުވެސްވަނީ މަރުވެފައެވެ.

މިހަމަލާގައި މުޅި ޖުމްލަ ފަސް މީހުން މަރުވެފައިވާއިރު މި ފަސްމީހުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުންނެވެ. ޑޮކްޓަރުންގެ ޓީމު ދަތުރުކުރަމުންދިޔަ ކާރު ގޮއްވާލައިފައިވަނީ އެ ޑޮކްޓަރުން މަސައްކަތްކުރާތަނަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ފާއިތުވެދިޔަ ދެމަހުގެ ތެރޭގައި ކާބުލްގައި ދެވުނު މިފަދަ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މިފަދަ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ނޫސްވެރިންނާ، ސިޔާސީވެރިންނާއި، އަދި އާންމު ރައްޔިތުން ހިމެނެއެވެ.

އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމަށް އެމެރިކާއާއި ތޯލިބާނުން ހާއްސަ އެއްބަސްވުމަކަށް އައިސް މި އެއްބަސްވުން ތަންފީޒު ކުރުމާއި ގުޅޭގޮތުން މިހާރުވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ