އެއްކްލަބަކަށް އެންމެ ގިނަ ލަނޑުޖަހައި ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑު ބާސެލޯނާގެ ތަރި ލިއޮނަލް މެސީ މުގުރާ ލައިފިއެވެ.
މެސީ މިރެކޯޑު މުގުރާލާފައިވަނީ ސްޕެނިޝް ލަލީގާގައި ރޭ ވަލަޑޮލިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އަވޭގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
ރޭ ބާސެލޯނާއިން ޖެހި ތިންވަނަ ލަނޑު ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދީފައިވާއިރު، ޕެޑްރީ ފުންނާބުން ފަހަތަށް ދިން ޕާހަކުން ބޯޅައާއެކު އޭރިއާތެރެއަށްވަދެ ގޯލްގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން މެސީ ކާމިޔާބުކުރި މިލަނޑަކީ ބާސެލޯނާއަށް އޭނާ ކާމިޔާބުކޮށްދިން 644 ވަނަ ލަނޑެވެ. އެއާއެކު އެއްކްލަބަކަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކަށް އުމުރުން 33 އަހަރުގެ މެސީވަނީ ވެގެން ގޮސްފައެވެ.
މިއީ މިސީޒަންގެ ލަލީގާގައި މެސީ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.
???? 1st May 2005
????️ Camp Nou
⚽️ Goal 1 of 644The moment @FCBarcelona's history changed forever. ????
???? LEO MESSI ❤️#LaLigaHistory pic.twitter.com/Ee7k59p1KA
— LaLiga English (@LaLigaEN) December 22, 2020
މިރޭ ރެކޯޑު ކުރިން އޮންނަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އަތުގައެވެ. ޕެލޭ މިރެކޯޑު ހެދިފަހުން 50 ހަކަށް އަހަރު ވެދާނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. ޕެލޭ މިރެކޯޑު ހަދާފައިވަނީ ބްރެޒިލްގެ ސަންޓޯސްއަށް ކުޅުނު ދުވަސްވަރުއެވެ. ސަންޓޯސްގައި 19 ސީޒަން ހޭދަކޮށްފައިވާ ޕެލޭވަނީ އެކްލަބަށް 643 ލަނޑު ކާމިޔާބުކޮށްދީފައެވެ. ޕެލޭގެ ރެކޯޑު މެސީ މުގުރާލާފައިވަނީ ޕެލޭއަށްވުރެ ދެ ސީޒަން މަދުންކުޅެގެންނެވެ.
ބާސެލޯނާގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ ލެންގްލެޓާއި ބްރެއިތުވެއިޓެވެ. މިމޮޅާއެކު ބާސެލޯނާ އަދިވެސް އޮތީ ތާވަލްގެ ފަސްވަނާގައެވެ. މިހާތަނަށް ކުޅުނު 14 މެޗުން ބާސެލޯނާއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.



