ފުލުހުންގެ ބަންދުގައި ހުރި ދެ މީހުން ފިލައިފި

ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ތިބި ދެ މީހުން ފިލައިފިކަމަށާއި އޭގެތެރެއިން އެކަކު އަދިވެސް ނުފެންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފިލާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ އލުންތިލަ އަހްމަދު ސިމާއު އަދި ކ. ކާށިދޫ ސައުތުކޯނަރު އިބްރާހިމް ފައްވާޒެވެ. މިދެމީހުން ފިލާފާއި ވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވެފައިވާގޮތުގައި އެ ދެ މީހުންގެ ތެރެއިން ފަވާޒު ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ސުމާއު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791519 އަށް ގުޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވިދާޅުވީ އެ ދެ މިީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި އެކަން ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ