ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކުގެ ގަވައިދާ ހިލާފުވެފައިވާތީ އޭޑީކޭގެ ކެންޓީނު ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފިއެވެ.
ކެންޓީނު ބަންދުކޮށް އެޗްޕީއޭ އިން އެ ކެންޓީނުގައި ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކުގެ ގަވައިދާ ހިލާފުވެފައިވާތީ ކެންޓީނު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ނޯޓިސް ހިއްޕާފައި ހުންނަ މުއްދަތުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާކެމެއް ކަމަށްވެސް އެ ނޯޓިސްގައި ބުނެފައި ވެއެވެ.
ކާބޯތަކެތި ފޯރުކޮށްދޭ ތަންތަން ހުއްނަންޖެހޭ ހާއްސަ މިންގަނޑުތަކެއް އެކުލަވާލައިފައި ވެއެވެ. އަދި މި މިންގަނޑަށް މިފަދަ ތަންތަން ފެތޭތޯ ދޭތެރެ ދޭތެރެއިން ބަލަމުން ދެއެވެ.
މީގެކުރިންވެސް ބަޔެއް ހޮޓާ ރެސްޓޯރެންޓުފަދަ ތަންތަންވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ ބަންދުކޮށްފައެވެ.




