ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ބަޔަކު އަޑު އުފުލަނީ: ފޮޓޯ - ސަން

އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 66 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 66 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ، އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނެނީ ކ.އަތޮޅާއި އއ.އަތޮޅާއި އދ.އަތޮޅާއި ވ.އަތޮޅުގެ ރަށްތަކެވެ.

މިމައްސަލައާއި ގުޅިގެން އިއްޔެ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާތަނެއްގައި 15 ދުވަހުގެ މުއްދަތައް ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރު ދީފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ މިހާރުދަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން އިތުރަށް ތަހުޤީގު ކުރަމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ