ނ. ހެނބަދޫއާއި ވ. ފުލިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއު މޮލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 180 ދުވަސްތެރޭގައި ނިންމާ ގޮތަށް 16،941،309.55 ރުފިޔާއަށެވެ.
މި މަޝްރޫޢުގެ ދަށުން 270 މީޓަރުގެ ރިވެޓްމަންޓް ޤާއިމް ކުރުމާއި އަދި 30 މީޓަރުގެ 7 ގްރޮއިންއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެމްޓީސީސީއާއި ހަވާލު ކުރީ 100 ދުވަސްތެރޭގައި ނިންމާގޮތަށް 5،000،000.00 ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.
އެމްޓީސީސީއިން އަންނަނީ ގިނަ ރައްތަތެއްގައި ސަރުކާރުގެ އެކިއެކި ޕްރޮޖެކްޓްތައް ހިންގަމުންނެވެ.