ހައިވޭގައި 2 އެކްސިޑެންޓް، 6 އުޅަނދަށް ގެއްލުންވި

މާލެއިން ހުޅުމާލެއަށް ދާން އޮންނަ ދެލޭން ހައިވޭގައި މިރޭ ހިނގި ދެ އެކްސިޑެންޓުގައި ހަ އުޅަނދަށް ގެއްލުންވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ދެ އެކްސިޑެންޓުވެސް ހިނގައިފައިވަނީ މިރޭ ގަޑިން 20:30 ހާއިރުކަމަށެވެ. އަދި މި އެކްސިޑެންޓުތަކާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ.

މިރޭ ހިނގި މި ދެ އެކުސިޑެންޓުގެ ތެރެއިން އެންމެ ފުރަތަމަ އެކްސިޑެންޓު ހިނގައިފައިވަނީ އެމްބިއުލާންސަކާއި ޕިކަޕެއް ޖެހިއެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ އެމްބިއުލާންސް ޕިކަޕުގެ ފަހަތުގައި ޖެހިގެންނެވެ.

ދެވަނަ އެކްސިޑެންޓު ހިނގައިފައިވަނީ، އެއްކޮޅަށް ދުއްވާފައިދިޔަ ތިން ކާރު އާއި ޕިކަޕެއް ޖެހިއެވެ. މި އެކްސިޑެންޓު ހިނގައިފައިވަނީ ފުރަތަމަ އެކްސިޑެންޓް ހިނގި މާލެއިން ހުޅުމާލެއަށްދާން އޮންނަ ދެލޭން ހައިވޭ (އެމްއެންޑީއެފް ޕޯސްޓް ހިސާބު) ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުގައެވެ.

ފުލުހުން ވިދާޅުވީ، މި ދެ އެކްސިޑެންޓުގައި ހިމެނޭ ހުރިހާ އުޅަނދެއްވެސް ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހުން ކަމަށެވެ.

މި ދެ އެކްސިޑެންޓުގެ މައްސަލަ ޓުރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ