ދަނޑުވެރިކަން: 12 މަސް ހަމަވުމަށްފަހު ޕެސްޓިސައިޑް ބޭނުންކުރުން މަނާ

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ދިވެހިރާއްޖެ ބޭނުންކުރުމާއި ގުޅޭ މުޙިންމު މަޢުލޫމާތުތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަން އެންޑް އެގްރީކަލްޗަރ އިން ހާމަކުރައްވައިފިއެވެ.

އެގޮތުން އެ މިނިސްޓްރީން މިއަދު ވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ދިވެހިރާއްޖެ ބޭނުންކުރުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމާއި، އެކްސްޕޯޓުކުރުމާއި، ވިއްކުމާއި، ނައްތާލުމާބެހޭގޮތުން އެކުލަވާލެވިފައިވާ "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު (21/2019)" ދަށުން 'ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓްރީ' އާންމުކޮށްފައެވެ.

އެމިނިސްޓްރީން ވިދާޅުވީ މި ރަޖިސްޓްރީ ޝާއިޢުކުރުމާއެކު، ރަޖިސްޓްރީގައި ނުހިމެނޭ ޕެސްޓިސައިޑުގެ ބާވަތެއް އިމްޕޯޓްކުރުމާއި، އެކްސްޕޯޓުކުރުމާއި، ދިވެހިރާއްޖޭގައި ބޭނުންކުރުން އަންނަނިވި ގޮތުގެމަތިން މަނާވާނެކަމަށެވެ.

1. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، ރަޖިސްޓްރީގައި ނުހިމެނޭ ބާވަތެއް ދިވެހިރާއްޖެއިން ބޭރުން ގެނައުމަށް އޯޑަރުކުރުން މަނާވާނެއެވެ.

2. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 2 (ދޭއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖެއަށް އެތަކެތި އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން މަނާވާނެއެވެ.

3. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 3 (ތިނެއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖޭގައި އެ ތަކެތި ވިއްކުން މަނާވާނެއެވެ.

4. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 12 (ބާރަ) މަސް ހަމަވުމަށްފަހު އެ ތަކެތި ބޭނުންކުރުން މަނާވާނެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުގެ މުޢާމަލާތްތައް ހިންގުމުގައި ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑު އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށާއި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރުމަށް ހުއްދަ ދޭ ބާވަތްތަކުގެ ރަޖިސްޓްރީ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީ މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ