ދިވެހިރާއްޖެއަކީ ތަޢުލީމީ އަދި ބާރުވެރި މަޤާމުތަކުގައިވެސް އަންހެނުން ގިނަ ޤައުމެކެވެ. ނަމަވެސް އަންހެނުންނާ ފޮށުން މަދެކެވޭ ބުނެވޭކަށް ނެތެވެ. ވަކިން ޚާއްޞަކޮށް ވެރިރަށް މާލޭގެ މަގުމަތީގައި އެކަނި ހިނގާފައި އުޅޭ އަންހެން ކުދިންނަށް ފޮނުން ވަނީ އާއްމު ކަމަށްވެފައެވެ.
ފޮށުމުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު، އިއްޔެ މިވަނީ ޒުވާން އަންހެން ކުއްޖަކާ މަގުމަތިން ފޮށެ ރޮއްވާލި މައްސަލައެއް ފެންމަތިވެފައެވެ. އެ އަންހެން ކުއްޖާއާ ފޮށީ މަންޒަރުގެ ވީޑިއޯއާއެކު އެ އަންހެން ކުއްޖާ މިވަނީ މީސްމިޑިއާގައި އެކަން ހިއްސާކޮށްފައެވެ.
އައިމިނަތު ލަމްހާ އަސްލަމް ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކަށް މާލޭގެ މަގުމަތިން ދިމާވި ފޮށުމުގެ ހާދިސާ ހިއްސާކުރަމުން ބުނީ އުމުރުގައި މިވަރަށް މީހަކު ނުފޮށޭ ކަމަށާއި، ލަދުން އަދި ވީދެރައިން މަގުމަތީ ހުރެ ރޮވުނު ކަމަށެވެ.
"އަހަރެންގެ އުމުރުގައި މިހާތަނަށް މިވަރަށް ފުރައްސާރަކޮށްފައެއް ނުވޭ. އަހަރެން އޭޑީކޭ އިން ފެށިގެން ސްކޫޕާ ހަމައަށް ހިނގާފައި އައިއިރު، އަހަރެންގެ ކާފަ އުމުރުގެ މީހަކު ފަހަތު ހިނގާފައި އައި. އޭނާ ބުނަމުން ދިޔެއީ ހާދަ * ބޭނުމޭ، *. އެމީހާގެ އާއިލާ ހޯދަން ކޮންމެވެސް މީހަކު އަހަންނަށް އެހީވެދީ،" ލަމްހާގެ ވީޑިއޯ އާއެކު ބުނެފައި ވެއެވެ.

"ރާއްޖޭގައި އަހަރެން ހިނގާފައި އުޅޭ ކޮންމެ ފަހަރަކު، ފިހާރައަށް ދިޔަޔަސް، ނޫނީ އެހެން ތަނަކަށް ދިޔަޔަސް، ފޮށުމާ ކުރިމަތިވޭ. އަހަރުމެން ގިނަ އަންހެން ކުދިންނަށް އެކަން ދިމާވޭ. އެކަމަކު ދުވަހަކުވެސް މިވަރެއް ނުވޭ. އެންމެ ފަހުން މަގު މެދުގައި ހުރެ އަހަންނަށް ރޮވޭ ވަރުވި. ގިނަ ބަޔަކު މަޑުކޮށްގެން ތިބި ބަލަން. އެކަމަކު އެކަކުވެސް އެހީއެއް ނުވޭ" ލަމްހާގެ އިތުރު ޓްވީޓެއްގައި ބުނެފައިވެއެވެ.
ލަމްހާގެ އިތުރު ޓްވީޓެއްގައި ބުނީ އެ ފިރިހެން މީހާގެ ހުތުރު ވާހަކަތަކުގެ ސަބަބުން އޭނާ ލަދުގަތް ކަމަށެވެ. ލަމްހާގެ ވީޑިއޯ އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ ފޮށުމުގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ ފުލުހުން ބެލުމަށް ގޮވާލާފައިވާއިރު، އެކަކު ވަނީ ފޮށުނު މީހާގެ ވަނަވަރު މީސްމީޑިއާގައި އާއްމުވެސް ކޮށްފައެވެ.
މި މައްސަލަ މީސްމީޑިއާގައި ފުލުހުން ޓެގްކޮށް ދައުރުވާން ފެށުމާއެކު ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، އެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ.




ހިޔާލު
Oriyaamun dhiyas beheykah nujehey, miulhey firihenun muskulhi vaa varakah vany kaafaru e heyo amihla dhari viyas gotheh fotheh nuhurey, eyna dhiyaee ves myhaku foshey varah dress kohgen eh ves noon,