ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް - ފޮޓޯ: ކްރިމިނަލް ކޯޓް

އަންހެނަކާއި ފޮށުނު މީހާއަށް ވާނުވާ ޖަހައިފި

މާލޭގައި ޒުވާން އަންހެނަކާއި ފޮށުނު މައްސަލައިގައި ހައްޔަރުކުރި ފިރިހެންމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާލޭ މަގުމަތިން ޒުވާން އަންހެން ކުއްޖަކަށް ފޮށުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި އުމުރުން 56 އަހަރުގެ ފިރިހެން މީހާއަށް ވާނުވާ ޖެހިއިރު (ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއިރު) އޭނާ ފޮށެ، ފުރައްސާރަ ކޮށްފައިވާ އިތުރު ފަރާތްތަކެއް ތިބިކަން ފާހަގަކުރެވިގެން އެ ފަރާތްތަކުން ފުލުހުންނާ މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އެމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9790163 ނުވަތަ ހޮޓްލައިން 3000600 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ