މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ-- ފޮޓޯ: ޓްވިޓާ

ހައްޔަރުކުރި މީހާ ފޮށުނު އިތުރު ފަރާތްތަކުން މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެފި

މާލޭ މަގުމަތިން ޒުވާން އަންހެން ކުއްޖަކަށް ފޮށުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރި އުމުރުން 56 އަހަރުގެ ފިރިހެން މީހާ ފޮށެ، ފުރައްސާރަ ކޮށްފައިވާ އިތުރު ފަރާތްތަކެއް ތިބިކަން ފާހަގަކުރެވިގެން އެ ފަރާތްތަކުން ފުލުހުންނާ މަޢުލޫމާތު ހިއްސާކުރުމަށް އެދެފިއެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ފިރިހެން މީހާގެ މައްސަލަ ބަލަމުންދާ ކަމަށާއި، އެމީހާ އިތުރު ފަރާތްތަކަށްވެސް ފޮށި، ފުރައްސާރަ ކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 9790163 އަށް ނުވަތަ 3000600 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

މީގެ ދެތިން ދުވަސް ކުރިން ޒުވާން އަންހެން ކުއްޖަކާ މަގުމަތިން ފޮށެ ރޮއްވާލި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ އަންހެން ކުއްޖާއާ ފޮށޭ މަންޒަރުގެ ވީޑިއޯއާއެކު އެ އަންހެން ކުއްޖާ މިވަނީ މީސްމިޑިއާގައި އެކަން ހިއްސާކޮށްފައެވެ.

އައިމިނަތު ލަމްހާ އަސްލަމް ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކަށް މާލޭގެ މަގުމަތިން ދިމާވި ފޮށުމުގެ ހާދިސާ ހިއްސާކުރަމުން ބުނީ އުމުރުގައި މިވަރަށް މީހަކު ނުފޮށޭ ކަމަށާއި، ލަދުން އަދި ވީދެރައިން މަގުމަތީ ހުރެ ރޮވުނު ކަމަށެވެ.

އޭނާ ބުނާ ގޮތުގައި އޭޑީކޭ އިން ފެށިގެން ސްކޫޕާ ހަމައަށް އޭނާ އަށް ފުރައްސާރަކޮށް ފޮށެމުން އުމުރުން ދުވަސްވީ މީހާ އައެވެ.

“ހިނގާފައި އުޅޭ ކޮންމެ ފަހަރަކު، ފިހާރައަށް ދިޔަޔަސް، ނޫނީ އެހެން ތަނަކަށް ދިޔަޔަސް، ފޮށުމާ ކުރިމަތިވޭ. އަހަރުމެން ގިނަ އަންހެން ކުދިންނަށް އެކަން ދިމާވޭ. އެކަމަކު ދުވަހަކުވެސް މިވަރެއް ނުވޭ. އެންމެ ފަހުން މަގު މެދުގައި ހުރެ އަހަންނަށް ރޮވޭ ވަރުވި. ގިނަ ބަޔަކު މަޑުކޮށްގެން ތިބި ބަލަން. އެކަމަކު އެކަކުވެސް އެހީއެއް ނުވޭ.” އޭނާ ބުންޏެވެ.

ލަމްހާގެ އިތުރު ޓްވީޓެއްގައި ބުނީ އެ ފިރިހެން މީހާގެ ހުތުރު ވާހަކަތަކުގެ ސަބަބުން އޭނާ ލަދުގަތް ކަމަށެވެ. ލަމްހާގެ ވީޑިއޯ އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ ފޮށުމުގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ ފުލުހުން ބެލުމަށް ގޮވާލާފައިވާއިރު، އެކަކު 

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް