ހުޅުމާލޭ ފޭސް 2 ގައި ނިރޮޅުމަގާވީ ދިމާލުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި، ކޮންޓްރޯލްނުވެގޮސް ޕާކް ކޮށްފައިއޮތް ކާރެއްގައި ޖެހިގެންކަމަށެވެ.
މިއެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:38 ހާއިރު ކަމަށާއި މި ހާދިސާގައި ދެ ކާރަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސޑެެންޓަގައި ހިމެނޭ ކާރު ދުއްވާފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ "އީ" ކެޓަގަރީގެ ލައިސެންސް ނެތް މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސޑެެންޓަގައި އެއްވެސް މީހަކަށް ބޮޑުއަނިޔާއެއް ލިބިފައެއްނުވެއެވެ.
މި މައްސަލަ މިހާރު ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




