ކުޅުދުއްފުށީ ސިޓީގައި މާރާމާރީއެއް ހިންގައިފި

ކުޅުދުއްފުށީ ސިޓީގައި މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިމާރާމީ ހިންގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

14:30 ހާއިރު މިމާރާމާރީގެ ރިޕޯރޓް ފުލުހުންނަށް ލިބިފައިވާއިރު، މިމާރާމާރީއާއި ގުޅިގެން ދެމީހަކު ޙައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމާރާމާރީގައި އެދެމީހުންނަށްވެސް އަނިޔާވެފައިވާއިރު، އެދެމީހުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލުންވަނީ ފަރުވާ ދީފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ޙައްޔަރުކޮށްފައިވާ ދެމީހުންނަކީވެސް ދިވެހިންކަމަށެވެ. އަދި އެމީހުންގެ އުމުރަކީ 27 އަހަރާއި 38 އަހަރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމާރާމާރީ ހިންގާފައިވަނީ އެރަށު ބަނދަރު ސަރަޙައްދުގައެވެ.

ފެށުމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީއާއި ގުޅިފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ޑްރަގު ބޭނުންކުރަނިކޮށް ރެޑްކޮށް ހިފައި އެއަތޮޅު ކުރިނބީން މީހައްކު ބޭރުކޮށްލި މައްސަލައާއެވެ. އެގޮތުން ކުރިނބީން ބޭރުކޮށްލާފައިވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ.

https://feshun.wonstasite.com/106385

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ