ވަގުންގެ ހާއްޔަކަށް މި ޤައުމުވެ ނިމިއްޖެކަމުގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މުސްޠާފާ ވިދާޅުވެފައި ވަނީ ޤައުމުގައި އޮތީ މުޅިން ވައްކަންކަމަށާއި، ވަގުންގެ ހާއްޔަކަށް މި ޤައުމުވެ ނިމިއްޖެކަމަށެވެ. "އަންބާ ކިޔާފަ ވައްކަން، ފީސަބީލިﷲ ކިޔާފަ ވައްކަން، ޖެހުނު ދިމާލަކުން ޖެހުނު ތަނަކުން ވައްކަން" މުސްޠަފާ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ވަގުން ހިފަންތިބީވެސް ވަގުން ކަމުގައި މުސްޠަފާ ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު އިންތިހާއަށް ގޮސް އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބުމާއި ގުޅިގެން މުސްތަފާ ވަނީ ރޯމާ ރޯ ދުވާލު ޤައުމުގައި މިފަދަ ވައްކަންތައް ކުރާ އިރު އެމްއެމްއޭގެ އިންޓެލިޖެންޓުންނަކީ ކީއްކުރަން ތިބޭ ބައެއްތޯވެސް ސުވާލު ކުރައްވާފައެވެ.
Tourism rangalhu ve ,Raajje Anna Mahunjanun inthihaa ah gina vumaa eakko MACL CIP lounge vakkan mekuhah jahaifi. CIP lounge ah request kuraa travel agency thakah jaaga vikkanun dhanee bolakah 1000 USD MACL ge verinah dhinumun.! Bolakah 202 USD plus 1000 USD verin ge geebah.
— Mohamed Musthafa (@Thimarafushi) January 2, 2021
މުސްތަފާ ވިދާޅުވެފައި ވަނީ މުއްޖަހާފަ ވައްކަންކުރުން ނޫންކަމެއް މި ސަރުކާރުން ނުކުރާކަމަށެވެ. އަދި މިއީ ސަރުކާރެއްތޯ ނޫންނަނަމަ ބަލާވެރިކަމެއްތޯވެސް މުސްތަފާ ސުވާލު ކުރައްވާފައިވެއެވެ.
މީގެ އިތުރުން ރާއްޖެ އަންނަ މަހުޖަނުންގެ ޕްރައިވެޓް ޖެޓްތަކަށް ޕާކިން ސްލޮޓް އަދި ލޭންޑިންގ ޕާމިޓް އިންވެސް ވައްކަން ކުރާކަމަށް މުސްތަފާ ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން މުސްތަފާ ވިދާޅުވީ ސިވިލް އޭވިއޭޝަނާއި އެމްއޭސީއެލް އިން ޖާގަ ދެނީ އެންމެ ބޮޑު ކޮމިޝަނެއް ދޭން އެއްބަސްވާ ކުންފުނިތަކަށް ކަމަށެވެ.




