ވައްކަންކޮށް މުޅި ގައުމު ބަރަހަނާ ކޮށްފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިފަދައިން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
މުސްތަފާ ވިދާޅުވީ ވަގުންނަށް ވައްކަން ކުރުމުގެ ދޮރުތައް ވަނީ ހުޅުވާލެވިފައި ކަމަށާއި އެއްޗެކޭ ބުނެވޭނެ އެކަކު ވެސް ނެތް ކަމަށެވެ.
"ވައްކަންކޮށް މުޅި ގައުމު ބަރަހަނާކޮށް ނިންމައިފި" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ މިފަދައިން ވިދާޅުވެފައި މިވަނީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތަށް ބިޑް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮއްވާ މާ ފަހުން ބިޑް ކުރުމުގެ އުސޫލަށް ގެނައި ބަދަލެއްގެ ތެރެއިން އެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި ބާކީ ކޮށް، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ގޮތަށް، 5.5 މިލިޔަން ރުފިޔާ އަގު ބޮޑުކޮށް އެހެން ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
Mi Vagun nah vahkan kurumuge dhoru thah mi othee holhuvaalevifa.
Eh cheeky buneveyne ekaku ves neiy. Vahkan koh gaumu barahanaa koh ninmaafi. pic.twitter.com/raPik3fDX0— Mohamed Musthafa (@Thimarafushi) August 22, 2020
މުސްތަފާ އިތުރަށް ވިދާޅުވީ، ރެއިންބޯ އިން "ފިނޭންސް މިނިސްޓަރު އަމީރު" އެމްއެމްއޭ ގައި އާދައިގެ ވަޒީފާއެއްގައި ހުންނަވަނިކޮށް އެ ވިދާޅުވި ލަކްޒަރީ އެޕާޓްމަންޓް ހަދިޔާ ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ސޮދަޤާތެއްވިޔަސް، ހަދިޔާއެއް ކަމަށްވިޔަސް، ވަގު އެއްޗެއް ވާނީ ހަމަ ވަގު މުދަލަކަށް ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.



