ޖަޕާނު މީހެއް އިނދަޖައްސާލިކަމަށްބުނެ މުސްތަފާ ދެއްކެވި ވާހަކަފުޅުތައް ގާސިމް ދޮގު ކުރައްވައިފި

ޖަޕާނު މީހެއް އަތުން 15 މިލިއަން ޑޮލަރު ނަންގަވާ އެމީހާ އިނދަޖައްސަވާލެއްވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު އޭނާ ދޮގު ކުރައްވައިފިއެވެ.

ގާސިމް ވިދާޅުވީ، މުސްތަފާ މިއަދު ގާސިމާއި ގުޅޭގޮތުން ދައްކަވައިފައިވަނީ ބޮޑު ދޮގު ވާހަކަތަކެއް ކަމަށާއި އެވާހަކަތަކުގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް ނެއްކަމަށެވެ.

"އަޅުގަނޑޭ ކިއައިގެން ޓުވިޓަރ ކޮއްފައިވަނީ ބޮޑު ދޮގު ވާހަކަތަކެއް އެއްވެސް މިންވަރެއްގެ ހަގީގަތެއްނެއް ބުހުތާން ދޮގު ވާހަކަ. މިފަދަ މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަޔތް ކުރައްވާށި. އާމީން" ގާސިމް މިރޭ ކުރެއްވި ޓުވީޓުގައި ބުނެފައި ވެއެވެ.

ގާސިމާއި ގުޅޭގޮތުން މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ގާސިމް ޖަޕާނު މީހެއް އިނދަ ޖައްސާލައިފި ކަމަށާއި15 މިލިއަން ޑޮލަރު އޭނާ އަތުން "ކައްވާލި" ކަމަށެވެ. އަދި ކޯލިޝަނޭ ކިއައިގެން އުޅެނީ މިވައްކަންތައް ކުރައްވަން ކަމަށްވެސް މުސްތަފާ ތުހުމަތު ކުރެއްވިއެވެ.

މުސްތަފާވަނީ އޭނާ ކުރާ ތުހުމަތުތަކުގެ ސައްހަކަން ބަޔާންކުރުމަށް ޖަޕާނުން ފޮނުވި "ޓެކްސްޓް" މެސެޖެއްކަމަށްބުނާ މެސެޖެއްވެސް ޓުވީޓު ކުރައްވައިފައެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ