ރައީސް ޔާމިން ސަލާމަތް ކުރަން ރައްޔިތުން ނިކުތުން ނޫން ގޮތެއް ނެތްކަމުގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ ހިޔާ މަޝްރޫޢަށް ކުރިމަތިލީ މީހުންގެ ތެރެއިން ކުއްލި ގޮތަށް އެއް ކޮޓަރީގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތައް ބާތިލްކޮށްލުމާއި ގުޅިގެންނެވެ.
މިކަމައި ގުޅިގެން މުސްޠަފަ ވިދާޅުވީ ސަރުކާރަށް ލިބޭ ލާރި ކޮޅު މަދުވެގެން އެއް ކޮޓަރީގެ ފްލެޓްތައްވެސް މަހަކު 13000 ރުފިޔާގެ ރޭޓުން ކުއްޔަށް ދެނީ ކަމަށެވެ.
އެގޮތުން މުސްޠަފާ ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ބޭނުން ވަނީ ނިކަމެތި ރައްޔިތުންނަށް ކުއްޔަށް ދޭން ކަމަށާއި ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން ބޭނުންފުޅުވީ ރައްޔިތުންނަށް އަމިއްލަ ކުރެވޭ ގޮތަށް ކުޑަ ކުއްޔަކަށް ދިނުމަށް ކަމަށެވެ.
މުސްޠަފާ އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމިން ސަލާމަތް ކުރަން ރައްޔިތުން އެއްކޮށް ނިކުތުން ނޫން ގޮތެއް ނެތްކަމަށެވެ.
Sarkaarah libey laari kolhu madhuvegen Eh Kotareege Felt thah ves mahaku 13000/ rufiyaa ge rate in kohyah dhenee..
Raees Yameen salaamaiy kurah Rahyithun ehkoh nikuthun noon gotheh neiy...— Mohamed Musthafa (@Thimarafushi) February 21, 2021
ހިޔާ މަޝްރޫޢަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެއްޓެވި މަޝްރޫޢެވެ. އޭގެ ތެރެއިން 1 ކޮޓަރީގެ ފްލެޓް ފަސް ކެޓަގަރީއަކަށް ވަނީ އިޢުލާނުކޮށްފައެވެ. މި ކެޓަގަރީން ފްލެޓް ނުދޭން ސަރުކާރުން ނިންމާފައި ވަނީ އެކަށީގެންވާ އަދަދަށް ފްލެޓް ނެތުމުންކަމަށް ވަނީ ހާމަކުރައްވާފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާ އެއްކޮޓަރީގެ ފްލެޓްތައް އަޅަން ފެށީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކާ ގުޅިގެން 2017 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ފްލެޓްތައް އެޅުމަށް ހަވާލުކުރި ކުންފުނިތަކާއި އިދާރާތަކުގެ ތެރޭގައި ސްޓެލްކޯ، ފެނަކަ، އެމްޕީއެލް، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީއާއި އިމިގްރޭޝަން ގެ އިތުރުން ކަސްޓަމްސް ހިމެނެ އެވެ.
ނަމަވެސް މި ސަރުކާރުގައި ވަނީ ހިޔާމަޝްރޫގެ ފްލެޓްތަކުގެ ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒު ކުރައްވާފައެވެ. އަދި ރައީސް ޔާމިންގެ ސަރުކާތުގައި ފްލެޓްތަކަށް އެދި ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ ރަނގަޅަށް ނޫން ކަމަށްބުނެ މި ސަރުކާރުން ވަނި އަލުން ޕޮއިންޓް ދީފައެވެ.




3 Responses
ރައްޔިތުންނަށް މިކިނބުލާ ލާދީނީ ލާގައުމީ ގނޖ ބޯގެ ބަލާމުސީބާތް ބޮޑުވެއްޖެ. މިކަމުން މިންޖުވާާން ރައްޔިތުން އެކުގަ ނުކުންނަން ޖެހޭ.
kaley thee ”abadhuves mdp meeheh“ noontha? kaleymennakah ithubaareh nukurevey.
މީނަ އައް އެތިކޮޅެއް ދޭންވީ އޭރުން މި ސަރުކާރު އޯކޭ ވެފަ ރަައީސް ޔާމީން 100 އަހަރު ޖަލުގަ ބާއްވަން ބުނާނެ