"އިންޑިއާ އިން ސީދާ ކުޅުދުއްފުއްޓަށް މިފަހަރު ބޯޓު އަންނަނީ 700 ޓަނުގެ މުދާ ހިފައިގެން"

އިންޑިއާ އިން ސީދާ ކުޅުދުއްފުއްޓަށް މިފަހަރު ބޯޓު އަންނަނީ 700 ޓަނުގެ މުދާ ހިފައިގެންކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އިން ސީދާ ކުޅުދުއްފުއްޓަށް މިފަހަރު ބޯޓު އަންނަނީ 700 ޓަނުގެ މުދާ ހިފައިގެންކަމަށާއި، ކޮންމެ ދަތުރަކު މުދާ ގެންނަ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ބޯޓު ހދ. ކުޅުދުއްފުށީގައި ބަނދަރު ކޮށްފައިވަނީ، ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނަރުގެ މުދާ ރާއްޖެ ގެނެސްފައިވެއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ފަށާފައިވާ ކާގޯ ފެރީއާގެ ހިދުމަތާއެކު ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ. އަދި ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށްވެސް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ