ފޮޓޯ: ފޮރިންގ މިނިސްޓްރީ

އިންޑިއާ ކާގޯ ފެރީ "ޗޮކުން" ނުދާކަމަށް އަމްރު ވިދާޅުވެއްޖެ

ރާއްޖެ އާއި އިންޑިއާ އާއި ދެމުދު ފަށާފައިވާ ކާގޯ ފެރީގެ "ކޮޗުން" ދިޔައީތޯ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވުމުން، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެކަމަށް ރައްދު ދެއްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބަނދަރު ކޮށްފައިވަނީ، ސެޕްޓެމްބަރު މަހުގެ26 ވަނަ ދުވަހުއެވެ. އޭ ދަތުރަށްފަހު އަދި އިތުރު ދަތުރެއް ކޮށްފައެއް ނުވެއެވެ.

އަހުމަދު ނިހާން ކުރެއްވި ޓްވީތްގައި ވިދާޅުވެފައިވަނީ، ކޮޗިން ފެރީ "ޗޮކުން" ދިޔައީތޯ އާއި މި މަހު އަދި ހަބަރެއް ނުވާ ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި އަމްރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިންޑިއާ ކާގޯ ފެރީ މިވަގުތު މާލެ ސަރަހައްދުގައި މުދާ ބާލަމުން ދާ ކަމަށާއި ދެން މި މި ފެރީ އެންބުރި ކޮޗިން އަށް ގޮސް އަންނާނީ ނޮވެމްބަރު މަހުގެ 12 ހިސާބުގައި ކަމަށެވެ. އަދި ކާގޯ ފެރީ އިން މުދާ ގެންނަން ބޭނުންވީތޯ ސުވާލުކުރެއްވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ