"ސްޓްރޭންޖާ ތިންގްސް"ގެ ތިންވަނަ ސީޒަން ފެށެން ކުޑަ ދުވަސްކޮޅެއް

ނެޓްފިލްކްސް ގެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ ތިން ވަނަ ސީޒަންއަށް ކުރަމުންދިޔަ އިންތިޒާރީއަށް ޖުލައި 4 ގައި ނިމުން އަންނައިރު، މި ސީޒަން ފެށެން މިއޮތީ އެންމެ މަހަކަށްވެފައެވެ.

ނަވާރަ ސަތޭކަ އައްޑިހައިގެ ދުވަސްވަރު ދައްކުވައިދޭ މި ސީރީޒްގައި ފެނިގެންދަނީ، "ހޯކިންސް" ނަމަކަށް ކިޔާ ސިޓީއެއްގައި އުމުރުން ހަގު ކުދިންތަކަކަށް ކުރިމަތިވާ ސުޕަރނެޗުރަލް ހާދިސާތަކެކެވެ.

މި ސީރީޒްގެ ކާމިޔާބު ދެ ސީޒަން މިހާތަނަށް ގެނެސްދީފައިވާއިރު، ބެލުންތެރިންގެ މެދުގައި ސީރީޒް އަށް މިހާ ބޮޑު މަޝްހޫރުކަމެއް ލިބިފައި މިވަނީ ސީރީޒްގައި އުޅޭ ހަގު އުމުރު 4 ރައްޓެހިންކަމަށްވާ "ވިލް" ، "ޑަސްޓިން"، "ޖޯނަތަން" އަދި "މައިކް" ގެ މޮޅު ކެރެކްޓަރ ސަބަބުންނެވެ.

"ސްޓްރޭންޖާ ތިންގްސް" ސީޒަން 3 ގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާއިރު، މި ފަހަރުގެ ސީޒަން ކުރީގެ 2 ސީޒަނަށްވުރެ ވަރުގަދަވާނެކަން ޓްރެއިލާ ބަލާލުމުންވެސް އެނގެއެވެ. އަދި މިފަހަރުގެ ސީޒަންގައި މި އެކުވެރިންނާ ކުރިމަތިވާނީ ކޮން ހާދިސާއެއްކަން ބަލާލުމަށް ފޭނުންތިބީ ކެތްމަދުވެފައެވެ.

މިފަހަރުގެ ސީޒަންގައި މުޅިއަކު 8 އެޕިސޯޑު ހިމެނޭއިރު، ސީޒން 3 ގެ ފިނާލޭ ވަރަށް އަސަރުގަދަވާނެކަމަށް ނެޓްފިލްކްސް ބުނެފައިވެއެވެ.

2016 ވަނަ އަހަރު "ސްޓްރޭންޖާ ތިންގްސް" ގެ ފުރަތަމަ ސީޒަން ގެނެސްދީފައިވާއިރު، ފުރަތަމަ ސީޒަންގައި ދައްކުވައިދެނީ، ވީނުވީއެއް ނޭނގި "ވިލް" ގެއްލުމައިގުޅިގެން އޭނާ ހޯދުމަށް އޭނާގެ 3 ރައްޓެހިން އަދި ވިލްގެ މަންމައާއި ބޭބެ ކުރާ މަސައްކަތެވެ.

https://youtu.be/YEG3bmU_WaI

"ވިލް" ހޯދަން އުޅުމުގެ ތެރެއިން މި ތިން އެކުވެރިންނަށް "އިލެވެން" އާއި ދިމާވެއެވެ. އިލެވެންއަކީ ސުޕަނެޗުރަލް ބާރުތަކެއް ލިބިފައިވާ ކުއްޖެކެވެ. އަދި "ވިލް" ގެއްލުމަށް މެދުވެރިވި ސަބަބަކީ، އެމެރިކާގެ ސަރުކާރުން ހިންގާ ސިއްރު މަޝްރޫއުއެއްކަން މި އެކުވެރިންނަށް ފަޅާއަރާ ހިސާބުން އަދި "އިލަވެން" އަކީ އެމީހުން ހޯދާ ކުއްޖެއްކަން އެނގޭ ހިސާބުން މި އެކުވެރިންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ