ޕީޖީ ޝަމީމް

ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ، ސާބިތުކަމާއެކު އިންޞާފު ޤާއިމު ކުރުމުގައި ދާނީ ކުރިއަށް: ޕީޖީ

ނިޒާމުގެ ތެރެއިން ޙައްލު ހޯދޭނެ ކަމަށާއި ސާބިތުކަމާއެކު، ގޮތްދޫނުކޮށް އިންޞާފު ޤާއިމު ކުރުމުގައި ކުރިއަށް ދާނެކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމާއި ގުޅިގެންނެވެ.

މިމައްސަލައިގައި ޝަމީމް ވިދާޅުވީ، މި މައްސަލަ ހައިކޯޓުން ނިންމެވި ގޮތާމެދު ހިތްހަމަނުޖެހޭތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފިން ކަމަށެވެ. އަދި ހުށަހެޅި ލިޔުމާބެހޭ ސުވާލެެއް، ދެބަސްވުމެއް އޮތް ކަމަށެވެ. މިހެން ނަމަވެސް، ނިޒާމުގެ ތެރެއިން ޙައްލު ހޯދޭނެ ކަމަށާއި ސާބިތުކަމާއެކު، ގޮތްދޫނުކޮށް އިންޞާފު ޤާއިމު ކުރުމުގައި ކުރިއަށް ދާނެކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފައިވަނީ، ކްރިމިނަލް ކޯޓުން މިދިޔަ މަހު މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އިސްތިއުނާފުގެ އަޑުއެހުން ނިންމާލައި ނެރުނު ހުކުމުގައެވެ.

ހައި ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި އަނިޔާލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅިޔަސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ