ގދ.އަތޮޅު މަދަރުސާގެ އޮފީސް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފި

ގދ.އަތޮޅު މަދަރުސާ (ގދ.ގައްދޫ) ގެ އޮފީސް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއި ކޮށްފިއެވެ.

ޕީ.އެސް.އައި.ޕީގެ ދަށުން އަޅާ މިއިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 'އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް'އާއެވެ.

4،758،079.77 (ހަތަރު މިލިއަން ހަތްލައްކަ ފަންސާސް އަށްހާސް ހަތްދިހަ ނުވަރުފިޔާ ހަތްދިހަ ހަތްލާރި) ގެ އަގުބޮޑު މިއެއްބަސްވުމުގައި 'އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' އިން ޙަވާލުވެފައިވަނީ 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެހެންކަމުން 2021 ވަނަ އަހަރު ސެޕްޓެމްބަރ މަހުގައި މި މަސައްކަތް މުޅިން ނިމޭނެ ކަމަށް އުންމީދުކުރާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވަނީ ވިދާޅުވެފައެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒްއެވެ. އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ