'ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް' ގެ ނަމުގައި ދަރިވަރުންގެ ކިބައިގައި ހަށުކަށިވިސްނުން އަށަގަތުން ހުއްޓުވުމަށާއި އިސްލާމް ދީނަށް ލޯބި ޖެއްސުމަށް ހާއްސަ ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ދެމެދު އިއްޔެ ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިލްވީނާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ޕްރައިމް ޕްރޮޖެކްޓްގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުން ހިރާސްއަށް ނުގޮސް ނުވަތަ ވީހާވެސް ހިރާސް ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް ދަސްކޮށްދިނުމާ، ހަރުކަށިވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބާގައި ދީނަށް ލޯބިޖެއްސުމާ، އެހެންމީހުންނަށް އިހުތިރާމު ކުރުމާ، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނޭކަމަށެވެ.
މިޕްރޮޖެކްޓުގައި ހިމެނޭ ހަރަކާތްތަކަކީ؛
ހިރާސް(ރިސްކް)ގައިވާ ދަރިވަރުން ދެނެގަތުމަށް ހަދާ ރިސްކް އެސެސްމަންޓް އަށް އާލާތެއް ތައްޔާރުކުރުން
ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުން
ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުން
އިތުރުހަރަކާތްތަށް ހިންގުމުގެ ތެރެއިން ދަރިވަރުން ސުލްހައަށް ލޯބިކުރަން ދަސްކޮށްދިނުން
މި ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއްވައެވެ.



