ރ. އޭއިސީ ގެ ދަރިވަރުން މިއަދު ކްލާހުގައި. އެ ސްކޫލުގައި މިއަދުގެ އެސެމްބްލީ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް | ފޮޓޯ: ރ. އޭއީސީ

ގްރޭޑް 6 އިން ދަށުގެ ކުދިންނަށް ސްކޫލްތައް ބަންދުކޮށްފި

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ދަށުގެ ކުދިންނަށް ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1-6 އަށް ކިޔެވުން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ