ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޞަލާޙުއްދީން ސްކޫލް އިމާރާތްކުރަން އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
ހުޅުމާލޭގައި އިމާރާތްކުރާ އައު ސްކޫލް (ޞަލާޙުއްދީން ސްކޫލް) ޢިމާރާތް ކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ މިއަދުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއިއެވެ.
އަމީން ކޮންސްޓްރަކްޝަނުން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 118,336,879.62( ސަތޭކަ އަށާރަ މިލިއަން ތިންލައްކަ ތިރީސް ހަ ހާސް އަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ފަސްދޮޅަސް ދެ ލާރި) އެވެ.

އެކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސްކޫލްތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް އިތުރު ކުލާސްރޫމްތަކާއި އެނޫންވެސް އެކި އިމާރާތްތައް އަޅަމުންނެވެ.




