ހެންވޭރު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ- ފޮޓޯ:އެމްއެންޑީއެފް

ގޭސް ފުޅިއެއް ގޮވާ ދެމީހަކު ފިހިއްޖެ

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން ދެ މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ ހ. ތިން ނޫނުގޭގެ ފަސް ވަނަ ފަންގިފިލާގައިކަމަށެވެ. އަދި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 12:31 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި އަލިފާނުގެ ހާދިސާގައި ފިހިފައިވާ ދިވެހި ދެ ފިރިހެނުންނެވެ. އަދި މި ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ދަނީ ހަރަކާތްތެރިވާމުންނެވެ.

ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ގޭސް ފުޅިއަށް ގުޅާފައިން ނަޓެއް ދޫވެގެން ގޭސް ލީކު ވެގެން ކަމަށެވެ. އަދި މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ އެ ގޭގެ މީހުން ރޯވި އަލިފާންގަނޑު ނިއްވާލުމަށްފަހު ހޮސްޕިޓަލަށް ދަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގޭސް ލީކު ވުމުގެ ސަބަބުން ހުޅުފަޅައިގެން ގޮސް އެވަގުތު އެތާ ތިބި މީހުން އެކި ވަރަށް ފިހިފައިވާކަމަށް އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ލޮޖިކް

    ކިހިނެއްތޯ ތިކަން އެކްސްޕްލޯޝަން އަކަށްވީ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ