3 އޭޕްރީލްގައި ކައުންސިލުތަކުގެ އިންތިޙާބު ބާއްވަނީ!

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް ތަވާލުކުރުމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް ތަވާލުކުރުމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ނިންމާފައިވާކަމަށެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ބާއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިފައި ނުވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.

އެއަށްފަހު ދެން އިންތިޙާބު ބާއްވަން އުޅުނީ އަންނަ މާޗް މަހުުގެ ހަ ވަނަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ