ވިލުފުށީ އޮފިޝަލުން ކަރަންޓީނުގައި، މާލެއިން އޮފިޝަލުން ގެންދަނީ

ތ. ވިލުފުށީގައި ވޯޓުލުމުގެ ކަންތައްތަކުގައި އުޅޭ އޮފިޝަލުން ކަރަންޓީނުގައި ހުރުމާއި ގުޅިގެން އެރަށަށް މާލެއިން އޮފިޝަލުން ގެންދަން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ، ވިލުފުށީގައި ބަހައްޓާ ދެފޮށީގެ ގިނަ އޮފިޝަލުން ކަރަންޓީނުވެ ރަށުން އިތުރު އޮފިޝަލުން ނުލިބިގެން މާލެއިން އޮފިޝަލުން ގެންދާގޮތަށް ހަމަޖައްސައިފައިވާކަމަށެވެ. އަދި މިހެންކަމުން ވިލުފުށީގައި ވޯޓުލުން ފެށޭނީ އޮފިޝަލުން އެރަށަށް ދިއުމުން ކަމަށެވެ.

ވިލުފުށިން އޮފިޝަލުންތަކެއް ކަރަންޓީނަށް ގޮސްފައި މިވަނީ އެރަށުން މިމަހު ފަސްވަނަ ދުވަހު ނެގި ސާމްޕަލްއެއް ކޮވިޑް-19 އަށް ޕޮޒިޓިވުވެ ރަށް މޮނިޓަރިންނަށް ލައިފައިވަނިކޮށެވެ.

ފަހަކަށް އައިސް އަތޮޅުތެރެއިން ކޮވިޑް19ގެ ގިނަ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ. އަދި ކޭސްތަކާ ގުޅިގެން ގިނަ ރަށްތަކަށް ވަނީ މޮނިޓަރިންގ އަށް ލައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ