މިހާރު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯތްފޮށިތައް ބަނދު ކުރަން ފަށައިފިއެވެ.
މި އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓް ލާފައެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ޓިކެޓްގައި 647 ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަކުރެެއެވެ.
ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނުނު ފަށާފައިވާއިރު، މެންދުރުކުރިން ވޯޓުލުމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. މި އިންތިޚާބުގެ ޢާއްމުންގެ ވޯޓުލުން މިއަދު ހަވީރު 05:00 އާއި ހަމައަށް ކުރިއަށްދާއިރު، ހާއްޞަ ހާލަތްތަކުގެ ތިބި ފަރާތްތަކަށް ވޯޓުލެވޭނީ ހަވީރު 05:00 އިން އިރުއޮއްސި 06:00 އަށެވެ.




