ކޮވިޑް-19: ވައިރަހުގެ އަސްލު ދެނެގަތުމަށް ދަތުރުކުރި ޓީމަށް ޗައިނާއަށް އެރުމުގެ ހުއްދަ ނުދިން

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ދިމާވި އަސްލު ސަބަބު ދެނެގަތުމަށް ޗައިނާއަށް ދަތުރުކުރަމުން ދިޔަ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބުލިޔުއެޗްއޯ)ގެ ޓީމު އެގައުމަށް އެރުމުގެ ހުއްދަ ދިނުމަށް ޗައިނާއިން ދެކޮޅު ހަދައިފިއެވެ.

ޖުމްލަ 10 މެންބަރުންގެ ބައިނަލްއަގްވާމީ ސައިންޓިސްޓުންގެ ޓީމެއް ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއަށް ފޮނުވުމަށް ޑަބުލިޔުއެޗްއޯ އިން މަސައްކަތް ކުރަމުންދާއިރު މި ޓީމުގައި ހިމެނޭ ފުރަތަމަ މީހާ ޗައިނާއަށް ދިއުމުން ޗައިނާއިންވަނީ އެމީހާއަށް އެގައުމަށް އެރުމުގެ ހުއްދަ ނުދީފައެވެ.

މި ޓީމުގައި ހިމެނޭ ދެވަނަ މީހާ ޗައިނާއަށް ދިއުމަށް ދަތުރުފަށައިފައިވާއިރު މިމީހާ މިވަގުތު ހުރީ ތިން ވަނަ ގައުމެއްގައި ޓްރާންސިޓްގައެވެ. ޑަބްލިޔުއެޗްއޯ އިން ބުނެފައި ވަނީ ތަހުގީގު ޓީމު ޗައިނާ އަށް ނުވަދެވިގެން އުޅެނީ ވިސާ ކްލިއަރެންސް މައްސަލައެއްގައި ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ތަހުގީގު ޓީމަށް ޗައިނާ އަށް އެތެރެނުވެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

ޗައިނާއިން ޑަބުލިޔުއެޗްއޯގެ ޓީމެއް ވޫހާން ސިޓީއަށް ދިއުމުގެ ހުއްދަ ޑިސެމްބަރ މަހު ދިނުމަށް ނިންމައި އެކަން އިއުލާން ކޮށްފައިވަނީވެސް ޑަބުލިޔުއެޗްއޯ އިން މިކަމުގެ ހުއްދައަށް އެދި އެތައް މަސައްކަތްތަކެއް ކުރިފަހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ