ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕީޖީން އެދެފި

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލްކޯޓުގައި އެދެފިއެވެ.

ދައުލަތުން މި ގޮތަށް އެދިފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި މިހާރު ކުރިޔަށްދާ މައްސަލާގައެވެ.

ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ބުނެފައިވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޖަމާކޮށް އަދި އެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލު ކޮށްފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ފައިސާ އާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގަން ވެސް އެ ދައުވާގައި އެދިފައިވެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ޔާމީންގެ މައްޗަށް ކުއް ސާބިތުވާކަމަށް ހުކުމް ކޮށްފައިވަނީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަދި އެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
7236
ގުޅުންހުރި ލިޔުންތައް

2 Responses

  1. abdhoo

    Gaanoon asaaseege 40 ge k bunanee yameen ge milk nunegeyne kamah

  2. ނާއިލު

    އަވަހަން ނަގާ ޟުކުރިޔާ މީޖީ

    2
    4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ