ރާއްޖެ އެތެރެކޮށް ގެންގުޅޭ ދިރޭމަހުގެ އާންމު ބާވަތެއް ......

މަނާ ދިރޭ މަހުގެ ބާވަތެއް ރާއްޖެ އެތެރެކުރެވިގެން އަނބުރާ ނެގުމުގެ މަސައްކަތް ފަށައިފި

ރާއްޖެ އެތެރެކުރުން މަނާ ދިރޭ މަހުގެ ބާވަތެއް ރާއްޖެ އެތެރެކުރެވިގެން އަނބުރާ ނެމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ، އެގްރިކަލްޗަރް އޮންލައިން ސިސްޓަމް ޓެސްޓްކުރުމުގެ ތެރެއިން އަމިއްލަ ފަރާތަކުން އެދިފައިވާ ދިރޭ މަސް އެތެރެކުރުމުގެ ހުއްދައެއްގައި ހިމެނިގެންވާ ރާއްޖެއައް އެތެރެކުރުން މަނާ ބާވަތެއް، ސިސްޓަމް މައްސަލައެއްގެ ސަބަބުން ދޫވެފައިވާކަމަށެވެ. އަދި އޮޅިގެން ސިސްޓަމުން ދޫކުރެވިފައިވާ ބާވަތް އަނބުރާ ނެމުގެ މަސައްކަތް މިމިނިސްޓްރީގެ ފަރާތުން ފަށާ، އެބާވަތްތައް އެތެރެކުރި ފަރާތައް އެކަން މިހާރު އަންގާފައިވާނެކަމަށެވެ. އިތުރު ތަފްޞީލެއް ނުދެއްވަައެވެ.

މިނިސްޓްރީއިން ދޫކުރާ ހުއްދައިގާ ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާ ބެހޭ ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މީރު ފެނުގައި އުޅޭ ދިރޭ ސޫފާސޫފި އެކްސްޕޯޓްކުރާ ގައުމުގައި އުޅޭ، އެފަދަ ދިރޭ ސޫފާސޫތްޕަށް ޖެހޭ ބައްޔެއްގެ ސަބަބުން މިހުއްދަ ބާތިލްކުރުމުގެ ބާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

މީގެއިތުރުން ވިދާޅުވީ، އެމިނިސްޓްރީއިން ދެމުންގެންދާ ދަނޑުވެރިކަމުގެ އެކިއެކި ޙިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި އޮންލައިން ސިސްޓަމެއް އުފައްދާފައިވާކަމަށާއި، މި ސިސްޓަމް މެދުވެރިކޮށް ގަސްގަހާގެއްސާއި ގަހުގެ ބައިތައް، އަދި ދިރޭ ޖަނަވާރު އެތެރެކުރުމާއި ބޭރުކުރުމުގެ ހުއްދައިގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާކަމަށެވެ. އަދި މި ސިސްޓަމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް ވިދާޅުވިއެވެ.

އަދި ސިސްޓަމް ބޭނުންކުރުމުގައި ދިމާވާ މިފަދަ ދަތިތަކަށް މިމިނިސްޓްރީގެ ފަރާތުން ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާކަމަށްވެސް އެމިނިސްޓްރީގެ މިއިޢުލާނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ