ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

ރ. މީދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް، އެ އަތޮޅު ފިލާދޫ ކައިރިން އަޑިއަށް ގޮސް، އެ ދޯނިން ދަތުރު ކުރި ތިން މީހަކު ކަނޑުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ދޯނި ދަތުރު ކުރަމުންދިޔައީ މުދާތަކެއް އަރުވައިގެން ކަމަށެވެ. އެ ދޯނި އަޑިއަށް ގޮސްފައި ވަނީ ފިލާދޫ ކައިރިން ގިރިއަށް އަރައިގެންނެވެ.ފުލުހުން އިތުރަށް ވިދާޅުވީ، އެ ދޯނި ގިރިއަކަށް އަރައި، ދޯނީގެ ބޮޑު ބައެއް ކަނޑުވެފައި ވަނިކޮށް، ފުލުހުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ތިން މީހުންގެވެެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 13:03 ހާއިރު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ