ސްކޫލް ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން އަންގައިފި

މާދަމާ ސުކޫލްތައް ފެށުމަށް ހަމަޖެހިފައިވާތީ، ސްކޫލް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ޓްރެފިކް ފުލުހުން އަންގައިފި އެވެ.

ޓްރެފިކް ފުލުހުން ވިދާޅުވީ ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު މިއަދު ހަވީރު 06:00 ގެ ކުރިން ނަގަންޖެހޭނެކަމަށެވެ.

މާލޭގެ މަގުތައް ތަރުތީބު މަގުތަކަކަށް ހެދުމަށްޓަކައި ހެދިފައިވާ އުޞޫލުތައް ފުލުހުން ހިފަހައްޓަމުންދާއިރު، އުޞޫލުތަކާ ޚިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތަކުގައި ސްޓިކަރ ޖެހުމާއި، އުޅަނދުތައް ނެގުމުގެ ހައްގު ފުލުހުންނަށް ލިބެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކާއެކު މާދަމާ ސްކޫލްތައް އަލުން ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މީގެއިތުރުން މާދަމާ ކިޔެވުން ފެށޭނީ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން ވޭތުވެދިޔަ އަހަރު ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ