އިންޑޮނޭޝިއާގެ މަތިންދާ ބޯޓެއް ވީނުވީއެއް ނޭންގި ގެއްލިއްޖެ

އިންޑޮނޭޝިއާގެ މަތިންދާބޯޓެއް އެގައުމުގެ ވެރިރަށް ޖަކާޓާއިން އުދުއްސާލިފަހުން ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުންނާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވަނީ ބޯޓު ގެއްލުނީ ޖަކާޓާއިން އުދުއްސާލައިގެން އެގައުމުގެ ހުޅަނގު ކަލިމަންޓަން ޕްރޮވިންސަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

ބޯއިން 737 މަރުކާގެ މި ބޯޓާއި ގުޅުން ކެނޑިފައިވާއިރު 50 ވުރެ ގިނަ ފަސިންޖަރުން ބޯޓުގައި ތިބިކަމަށް މައުލޫމާތު ލިބެއެވެ. އަދި ބޯޓާއި ގުޅުން ކެނޑިފައިވަނީ އުދުއްސާލިތާ ހަތަރު މިނެއްޓު ފަހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލައިޓް ޓުރެކިން ވެބްސައިޓެއް ކަމަށްވާ ފުލައިޓްރާޑަރ24 އިން ބުނީ މިނެއްޓެއްގެ ތެރޭ ފުލައިޓް 10،000 ފޫޓަށް ތިރިވެފައިވާ ކަމަށެވެ. ގަބޫލު ކުރެވޭ ގޮތުގައި ބޯޓުވަނީ ކަނޑުގެ ސަރަހައްދަށް ވެއްޓިފައެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، ބޯޓު ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ