މީހަކު ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެ

ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ  މައްސަލައަކާ ގުޅިގެން  މީހަކު ހޯދުމަށް ފޮޓޯ އާއްމުކޮށް ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، މާލެގަން. ހާގޯގެ، ޢަލީ އަޙްމަދު (32އ) ކަމަށެވެ.

ހޯދަމުންދާ ޢަލީ އަޙްމަދުއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9792803 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު ދަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ