ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ތިން މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ވީޑިއޯ އާންމުކޮށް، ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހޯދަމުންދާ ތިން މީހުންކަމަށާއި މިތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާއި ހިއްސާކުރެއްވުމަށެވެ.

މި ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު، 472223 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.

ފުލުހުންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ