ރޮނާލްޑޯ ޕޯޗުގަލްގެ ބަސް މަޑުކުރުވީ ތުއްތު ސަޕޯޓަރަކާއެކު ފޮޓޯ ނަގަން

ޔޫއެފާ ނޭޝަންސް ލީގު ފައިނަލަށް ތައްޔާރުވުމުގެ ގޮތުން ކުރި ފަރިތަކުރުންތަކަކަށްފަހު އެނބުރި ހޮޓަލަށް އައި މަގުމަތީ ރޮނާލްޑޯގެ ތުއްތު ސަޕޯޓަރަކާއެކު ފޮޓޯ ނެގުމަށް ރޮނާލްޑޯގެ އަމުރަށް ޕޯޗުގަލް ޓީމު ދިޔަ ބަސް މަޑުކޮށްފިއެވެ.

ރޮނާލްޑޯގެ ސަޕޯޓަރެއްކަމަށްވާ އެޑުއާޑޯ މޮރެއިރާ ޕޯޗުގަލް ޓީމު ބަސް ދިޔަ މަގުމަތީ ޕޯސްޓަރެއް ހިފަހައްޓައިގެން ހުރިހިރު އޭގައި ލިޔެފައިވަނީ " ކްރިސްޓިއާނޯ. އަހަރެން ގައިގަ ބައްދާލަބަލަ. " މިހެންނެވެ.

ޕޯޗުގަލްގެ މަޖައްލާއެއް ކަމަށްވާ "ފްލެޝް" ގައިވާ ގޮތުން ރޮނާލްޑޯއަށް އެޑުއާޑޯ މޮރެއިރާ ފެނުމާއެކު ބަސް މަޑުކުރުމަށް އަންގާފައިވެއެވެ. އަދި އެއަށްފަހު ސެކިއުރިޓީ ގާޑުންގެ އެހީގައި މޮރެއިރާ ބަހަށް އަރުވައި މިތުއްތު ސަޕޯޓަރާއެކު ފޮޓޯ ނަގާފައިވާކަމަށް މިމަޖައްލާގައި ބުނެފައިވެއެވެ.

އެޑުއާޑޯ މޮރެއިރާއަކީ "ލުކީމިއާ" ގެ ޝިކާރައަކަށްވެފައިވާ އުމުރުން 11 އަހަރުގެ ކުއްޖެކެވެ. ހަމަ ޔަޤީނުންވެސް ރޮނާލްޑޯގެ މިއޯގާތެރިކަން ތުއްތު އެޑުއާޑޯ މޮރެއިރާގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެނެއް ނުދާނެއެވެ.

ޔޫއެފާ ނޭޝަންސް ލީގު ފައިނަލަށް ޕޯޗުގަލް ދިޔައީ 3-1 ގެ ނަތީޖާއަކުން ސްވިޒަލޭންޑް ބަލިކުރުމަށްފަހުގައެވެ. އެމެޗުގައި ޕޯޗުގަލްއިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ރޮނާލްޑޯއެވެ.

ޔޫއެފާ ނޭޝަންސް ލީގު ޕޯޗުގަލް ކާމިޔާބުކުރީ ނެދަލެންޑާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕޯޗުގަލްއަށް ކާމިޔާބު ކޮށްދީފައިވަނީ މެޗްގެ 60 ވަނަ މިނަޓްގައި ބަނާޑޮ ސިލްވާ ފޯރުކޮށްދިން ބޯޅައަކުން ވެލެންސިއާގެ މެދުތެރެއަށް ކުޅެމުން އަންނަ ގެޑޭޝްއެވެ.

މިއީ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުގައި ޕޯޗުގަލް ހޯދި ދެވަނަ ތައްޓެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލް ނެގިއިރުވެސް ޓިމުގެ ކެޕްޓަންއަކަށްހުރީ ރޮނާލްޑޯއެވެ. އެމުބާރާތުގެ ފައިނަލް މެޗުގެ ވަރަށް ކުރީކޮޅު ލިބުނު އަނިޔާއަކާއި ގުޅިގެން ރޮނާލްޑޯވަނީ ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް