ފަހު ވަގުތު ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފި

ފަހު ވަގުތު ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފިއެވެ.

އިޓާލިއަން ސެރީއާގައި ރޭ އުޑިނޭސްއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު އުޑިނެސްއިންވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ.

މެޗުގެ 10 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭރިއާތެރެއިން އަރިމަތިން އުޑިނެސްގެ މޮލީނާ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެެކެވެ. މިލަނޑަށްފަހު ޔުވެންޓަސްއަށް ލަނޑެއް ޖެހިޔަ ނުދީ އުޑިނޭސްއިން މެޗުގެ ގިނަ ވަގުތު ހިފެއްޓިނަމަވެސް މެޗުގެ ފަހު ދިހަ މިނަޓް ތެރޭގައި ޔުވެންޓަސްއިންވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

ޔުވެންޓަސްގެ ފުރަތަމަ ލަނޑު މެޗުގެ 83 ވަނަ މިނަޓްގައި ފެނިގެން ގޮސްފައިވާއިރު، މިލަނޑަކީ އޭރިއާތެރެއިން ބޯޅައިގައި އަތް ޖެއްސުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި ފުރިހަމަ ވަގުތު ހަމަވާ އެއްމިނަޓަށް ވެފައިވަަނިކޮށް ބޮލުން ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުވެންޓަސް މެޗުން މޮޅު ކޮށްދިނެވެ.

މިމޮޅާއެކު ޔުވެންޓަސް އޮތީ 34 ލިބުނު 69 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ތާވަލްގެ ތިންވަނާގައެވެ. ޔުވެންޓަސްއަށް ތިންވަނަ ލިބެނީ ަހަތަރު ވަނާގައި އޮތް އޭސީ މިލާނަށްވުރެ އިތުރަށް ލިބިފައިވާ ފައިދާ ގޯލްތަކުންނެވެ.

ބާކީ ހަތަރު މެޗު އޮތްނަމަވެސް، މިސީޒަންގެ ސެރީއާގެ ތަށި އިންޓަރމިލާން މިހާރުވަނީ ކަށަވަރުކޮށްފައެވެ. އިންޓަރއިން ލީގު ޗެމްޕިއަންކަން ހޯދާފައި މިވަނީ 11 އަހަރަށް ފަހުއެވެ. ލީގު ޗެމްޕިއަންކަން އިންޓަ ހޯދުމުން ޔުވެންޓަސްއިން ނުވަ އަހަރު ވަންދެން ސެރީ އާގައި ދެމެހެއްޓި ޑޮމިނޭޝަނަށް ވަނީ ނިމުން އައިސްފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ