ފޮޓޯ: ދަ އެޑިޝަން

ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ގިނަ ފުރުސަތު ދެވިއްޖެ: މުއިއްޒު

ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުން ވަރަށް ގިނަ ފުރުސަތު ދެވިއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އޮފީހުގައި ރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުން ވަރަށް ގިނަ ފުރުސަތު ދެވިއްޖެ ކަމަށާއި، އެހެންނަމަވެސް، ނަތީޖާ ނެރެދެވިފައި ނުވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުގެ ދެ އަހަރު ނިމުނުއިރު ހެދި އެއްވެސް ފްލެޓެއް ނެތް ކަމަށާއި މި ސަރުކާރަށް އުޅެނީ މިހާރު އަޅާފައި ހުރި ފްލެޓުތައްވެސް ހަވާލު ނުރެވިގެން ކަމަށެވެ. މުއިއްޒު ވަނީ، މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރައްވާ، އަދި ފްލެޓުތައް ނުދީ ލަސްކުރަމުން ދަނީ ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓް ދިނުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެބޭފުޅާ ހައުސިންގް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ފްލެޓްތައް ދިނުމުގައި ސިޔާސީ ފިކުރަކަށް ބަލާފައި ނޯންނާނެ ކަމަށެވެ. ފްލެޓްތައް ލިބޭ ފަރާތަކީ އެމްޑީޕީގެ އާންމު މެންބަރެއްތޯ ނުވަތަ ޕީޕީއެމްގެ އާންމު މެންބަރެއްތޯ ބަލާފައި ނޯންނާނެ ކަމަށާއި މާލޭގެ މޭޔަރު ކަމަށް ވަޑައިގަތުމަށް ފަހު ވެސް މަސައްކަތް ކުރައްވާނީ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ