މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި، މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބ.އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެނދުރު 02:00 އިން ފެށިގެން ރޭގަނޑު 08:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ، އެ ސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for strong winds????and rough seas???? pic.twitter.com/iSCdwlFLtp
— Maldives Meteorology (@MetMaldives) January 13, 2021
ކުރިއަށްއޮތް ވަގުތުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުފޯރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށެވެ.



